English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ އިސްވެރިންނަށާ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި، ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފް އަދި އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

އެ ގައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، އެ ގައުމު މިނިވަން ވުމަށްފަހު މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކަކީ ފާހަގަކުރެވޭ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުން މުސްތަގްބަލުގައި ބަަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ