English Edition
Dhivehi Edition
ބ. އަތޮޅުގެ އާ ހޮސްޕިޓަލްގެ އިމާރާތް އަޅުމަށް އެއްބަސްވުމުގައި ސޮއިކުރުން

ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ރައީސް ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތަރުފުޅުގެ ތެރެއިން ބ. އޭދަފުށީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މި މަޝްރޫއަކީ 181.7 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.