English Edition
Dhivehi Edition
އަހްމަދު މުބީން / އެއާޕޯޓްސް އެމްވީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އާރްއޭސީއެލް ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އޭނާ އެ ކުންފުނީގެ އެމްޑީގެ މާގަމުގައި ހުންނަވައި ކުރެއްވި މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާކޮށްފައެވެ.

މުބީން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބު އަދި ސާފުވެފައި ނުވާއިރު، އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ރީޖަނަލްސް އެއާޕޯޓްސް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ހިންގާ އެއާޕޯޓުތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، އެއާޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް އާރްއޭސީއެލް އުފައްދާފައިވަނީ 2021 ވަނަ އަހަރުގައެވެ.