English Edition
Dhivehi Edition
މަރުވި މޫސާ އިބްރާހިމް

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށެވެ.

އިއްޔެ ހެނދުނު 10:12 ހާއިރު މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ. މޫސައަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ފުލުހުން މޫދު އަޑިން ނަގާފައިވާއިރު މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ރަށުން ވާހަކަދެއްވި ގިނަ މީހުން ވަނީ މި ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް ބުނެފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.