English Edition
Dhivehi Edition
ލ. މާވަށުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން، މުހައްމަދު އިބްރާހިމް

ލ. މާވަށުގައި، މަރާލި މީހާއަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހެނދުނު 10:12 ހާއިރު މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މޫސައަށް ހަމަލާދީ މަރާލީ އެ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ މީހަކެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނި، މާރާމާރީ ހިންގުމަށް ބޭނުންކުރި ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދާފައިވާކަަމަށެވެ.

 

ޓެގު