އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު ރޭ ދަންވަރު މަރައިލައިފިއެވެ.
މަރައިލައިފައިވަނީ އެ ރަށު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ.
ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާކަމަށާއި، ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުން ދިޔަ ކަމުގެ މައުލޫމާތު ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށާއި، އެ ރަަށަށް މާލެއިން ހާއްސަ ތަހުގީގު ޓީމެއް ވެސް އަންނަނީ ދަތުރުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.