English Edition
Dhivehi Edition
އެމްޑީޕީގެ އަހަރީ ދުވަހު ކޭކު ފަޅަނީ: - ފޮޓޯ/ އެމްޑީޕީ

އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމި ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.

އެޖަލްސާ އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި ވަނީ މިރޭއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ޖަލްސާ ވަނީ މާދަމާ ރެއަށް ވަނީ ފަސްކޮށްފައެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖަލްސާއަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީން އަތޮޅުތެރޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް ނަޝީދު އެ ޕާޓީއާއި ގުޅި ވަޑައިގެންނެވި ހިސާބުން އެޕާޓީ ފެންނަމުން ދަނީ ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.