English Edition
Dhivehi Edition

އައި.ސީ.ސީ ޗެމްޕިއަން ޓްރޮފީ 2017 ގެ ފައިނަލްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗް ޕާކިސްތާން ކާމިޔާބުކުރުމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ޕާކިސްތާނަށް މަރުހަބާ ކިޔައިފިއެވެ. އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯހިލް ޕާކިސްތާން ޓީމަށް މަރުހަބާ ކިޔަމުން ބުނެފައިވަނީ އެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ތައުރީފު ހައްގު މޮޅު ކުޅުމެއް ކަމުގައެވެ. “އެމީހުން އަނެއްކާވެސް ސާބިތުކޮށްދީފި އެމީހުންގެ ހުނަރުވެރިކަން. މީ އިންޑިއާ ޓީމަށް ލިބުނު ވަރަށް ބޮޑު ދެރައެއް. އެކަމަކު އަހަރެން އުފާވޭ އިންޑިއާއިން މޮޅަށް ކުޅެ ފައިނަލާ ހަމައަށް ދިޔުމުންވެސް. ” ވިރާޓް ބުނެފައިވެއެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަތަރިންތަކެއްވެސް ވަނީ ޕާކިސްތާނުގެ ކާމިޔާބީ އާއި މެދު އުފާވާކަމަށް ބުނެފައެވެ. ޕާކިސްތާން ހޯދި ކާމިޔާބީއަށް ވރުން، ރަންވީރު، ސިދާތް މަލޯތްރާ، ރިޝީ ކަޕޫރްފަދަ ތަރިންވަނީ ޓުވިޓާގައި އެ ޓީމަށް މަރުހަބާ ކިޔާފައެވެ.