English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަންކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.

ޕޮލިސް ބޯޑުން އިއްޔެވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފައެވެ.