English Edition
Dhivehi Edition
ފޮޓޯ: ބައިކް މޯލްޑިވްސް

ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ބައިސްކަލު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

“ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ބައިސްކަލުން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުން. ބައިސްކަލަކީ ޚަރަދުކުޑަކޮށް ދަތުރުކުރެވޭ ދެމެހެއްޓެނިވި، ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދެއް. އެގޮތުން، ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ސިޓީތަކަށް ބަދަލުކުރުމަށް އެހީތެރިވާ ދަތުރުފަތުރުގެ ނިޒާމެއް” ރައީސް ވިދާޅުވިއެވެ.

އިންޖީނުލީ އުޅަނދުފަހަރުން ރަށްރަށް ތޮއްޖެހެމުންދާއިރު ދަތުރުފަތުރުގެ ނިޒާމާއިމެދު ވިސްނަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސަލު ދުއްވުން ތައާރަފުކޮށް، އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.