ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހިމް، ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދަކާ ބައްދަލުކުރައްވައިފިއެވެ.
ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ ‘ދަ ރެޑް ވޭ’ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ ވިދާޅުވީ، ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށްފުޅާކޮށް މަޝްވަރާކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
‘ދަ ރެޑް ވޭ’ އިނިޝިއޭޓިވްގެ ދަށުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިވަޕޫލް އެފްސީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުފާވޭ.” މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.