English Edition
Dhivehi Edition

ހުޅުމާލޭ ފޭސް 2 ގެ އެޗް 11 ސަރަހައްދުން ޕާކް ތެރޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީފިއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ވިދާޅުވެފައިވަނީ މި ހާދިސާ ގެ ރިޕޯޓްކޮށްފައިވަނީ ރޭ 23:51 ގައި ކަމަށެވެ. އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވޭ އަދި ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފައި. އޭގެ އިތުރުން މި މާރާމާރީ ހިންގި މީހުން 2 ފޯނު ފޭރިގެންފައިވޭ” ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމުން އަނިޔާވި މީހާ ބިންމައްޗަށް ވެއްޓިފައި އޮތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.