English Edition
Dhivehi Edition

ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހުއްޓުވައި، އެކަމުގައި އިސްކޮށް ބައިވެރިވާ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ޕޮލިހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ބިދޭސީ މީހާއަކީ ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަފްސީލު ހާމަކޮށް ފުލުހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ޝަހާދަތު ހުސެއިން ރާއްޖޭގައި އުޅެމުން އަންނަނީ ހަތަރު ވޯކް ޕާމިޓުގައި ކަމަށެވެ. އަދި އޭނާ 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި ހަ އެކައުންޓު ހުޅުވި ކަމަށާއި އެއީ ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު ތިން އެކައުންޓުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި އޮކްޓޫބަރު 2019 އިން ފެށިގެން ޑިސެމްބަރު 2024 ވަނަ އަހަރާ ހަމައަށް ޝަހާދަތުގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާވެ ފައިސާ ދައުރުކޮށްފައިވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މިދިޔަ އަހަރު ޖުލައި 24ގައި އޭނަގެ ވޯކް ޕާކިޓް ހަމަވެފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމާ ހަމައަށް އޭނާ ދިރިއުޅެމުން ދިޔައީ މަހަކު 18،000ރ. ކުއްޔަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝަހާދަތު ގެންގުޅޭ މޯބައިލް ފޯނު އަދި ލެޕްޓޮޕުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ އާއި ސްޓޭމްޕާއި ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުން ސޮއި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ވޯކް ޕާމިޓް ނެގުމަށް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓާއި ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އާއި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އޭނަގެ ލެޕްޓޮޕާއި ފޯނުން ފެނިފައިވާ އިރު މީގެ އިތުރުން ވޯކް ޕާމިޓް ސައިޓް ތަކަށް ވަދެފައިވާކަންވެސް ވެބް ހިސްޓްރީ އަށް ބަލާލުމުން ފެނިގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޝަހާދަތުގެ އެ މަސައްކަތުގައި އިމިގްރޭޝަންގެ އޮފިސަރުންނާއި، ދިވެހިންގެ އާންމު އެތައް ބަޔަކު ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީންނަށް އޯޕާން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ ޝަހާދަތުގެ މޯބައިލް ފޯނުން ސައްހަ ނޫން ވޯކް ޕާމިޓާ ގުޅޭ ލިޔެކިޔުންތައް ހެދުމަށްފަހު ބިދޭސީންނަށް ފޮނުވައި ބަންގްލަދޭޝްގައި ހުޅުވާފައި ހުރި އެކައުންޓަކަށް ފައިސާ ޖަމާކުރުވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އޭނާ އެ މަސައްކަތް ކުރަނީ އިމިގްރޭޝަންގެ އޮފިސަރުންތަކަކާއި ދިވެހިންގެ ގިނަ ބަޔަކާ ގުޅިގެން ކަމަށް ފާހަގަ ވެފައިވާތީ އެ މައްސަލަ އެއީ ވަކީި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަކަމަށެވެ. އެ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.