English Edition
Dhivehi Edition
ވޭޕާއި އީސިގިރޭޓް

އީސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހާއެކު ވޭޕާއި އީ-ސިނގިރޭޓު ބޭނުންނުކުރި ނަމަވެސް ގެންގުޅެނިކޮށް ފެނުނަސް އަތުލެވޭ ގޮތަށް ވެސް ބަދަލުކޮށްފައެވެ. އެ ގޮތުން، އާންމު ތަނެއްގައި އެ ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު އޮންނާނެއެވެ.

މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން މިދިޔަ ޑިސެންބަރު 15 އިން ފެށިގެން ރާއްޖޭގައި ވަނީ އެއްކޮށް މަނާކޮށްފައެވެ.