English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، އެއްވެސް މީހަކު ތަފާތު ނުކުރާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޒުވާނަކު ވެއްޓުނު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ގޮތުން މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާކަމަށާއި އަދި ނުވަސް ކުރާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޮއޮންނާނެކަމަށެވެ.