English Edition
Dhivehi Edition

އިސްލާމިކް މިނިސްޓްރީން އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އަންނަ މަހު ފަށަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދެވޭނެ ރަށްތަކަކީ:

  • ހއ. ދިއްދޫ،
  • ބ. އޭދަފުށި،
  • ދ. ކުޑަހުވަދޫ،
  • އއ. ފެރިދޫ،
  • ރ. އުނގުފާފު،
  • ހދ. ކުޅުދުއްފުށި،
  • ގދ ތިނަދޫ،
  • ސ. ހިތަދޫ،
  • ލ. ގަން

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޤުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ރަށްތަކަކީ

  • ރ. މަޑުއްވަރީ،
  • ނ. ވެލިދޫ،
  • ތ. ކިނބިދޫ، ( ރައީސްގެ ވައުދެއް)
  • ތ. ގުރައިދޫ. ގދ. ގައްދޫ ( ރައީސްގެ ވައުދެއް)
  • ލ. އިސްދޫ ކަލައިދޫ ( ރައީސްގެ ވައުދެއް)
  • ހއ. އުތީމު. ( ރައީސްގެ ވައުދެއް)
  • ދ. މީދޫ،

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެއެވެ.