English Edition
Dhivehi Edition
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބޭހުގެ ކަންކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ބޭހުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ޒިންމާދާރު ކުރެވި، އެމްއެފްޑީއޭގެ ނިޒާމް ހަރުދަނާކުރެވި ބޭހުގެ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިތުރަށް ނާޒިމް ވިދާޅުވީ މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެން ދާނެކަމަށެވެ. “މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް.” މިނިސްޓަރު ވިދާޅުވިއެވެ.

ބޭސް ފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، މިކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.