ވަޒަންތަކަކާއެކު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބިދޭސީ މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު އެ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަ ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބިދޭސީ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. އެހެންވެ، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ސާފެއް ނޫނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއީ ރޭ އެމިރޭޓްސް ފްލައިޓެއްގައި ފުރަންދިޔަ މީހެކެވެ.