English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ގެނައި، 1.8 މެގަވޮޓް ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އައްޑޫގައި ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖަނަރޭޓަރު ހެދުމަށްފަހު މިހާރު ބޭނުންކުރަން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ގިނަ ދުވަސްވެ ހަލާކުވެގެންނެވެ.

ކަރަންޓު ކެނޑޭ މައްސަލަގައި އައްޑޫގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ. ވަކިން ޚާއްޞަކޮށް ރޯދަ މަހު ކަރަންޓު ކެނޑުމުގެ މައްސަލަ ހޫނުވެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.