ޑިވެލޮޕްމަންޓް ބޭންކު އޮފް ދަ މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން އަރުނީ ގުންޓެލީކް އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓާސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނޮއެލް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. މިހާތަނަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ވަނީ 3 ބޭފުޅަކު އައްޔަން ކޮށްފައިވާއިރު އެ ބޭފުޅުންނަކީ އަހުމަދު އަލީ، ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އަދި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓްއެވެ.