ބޯޓަކުން އަތުލައިގަތް ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކު ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މައްސަލައިގައި ހިމެނޭ 5 މީހަކު 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި މީހުން އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހަކު އިތުރު 3 ދުވަހަށް އަދި ތިން މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.