English Edition
Dhivehi Edition

ރ. މީދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުލަ ހެދުމުގައި ހުރި ފުލުހަކަށް ކުޑަކުއްޖަކު ހަމަލާ ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އިން ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު އެރަށު މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަަމަށެވެ.

އެހެންވެ، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާކަން ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.