English Edition
Dhivehi Edition

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ރާއްޖެއިން “ވަން ޗައިނާ” ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން “ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް” އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެއެވެ.

ރައީސް ވަނީ، ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ސިއްހަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.