English Edition
Dhivehi Edition

މާލެއިން މުދާ ބަރުކޮށްގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ “ސައިމާ” ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރައި ދިޔަވާން ފަށައިފި އެވެ.

އައްޑޫއަށް މުދާ އުފުލާ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބޯޓްކަމަށް ވާ ސައިމާ ބޯޓު ފަރަށް އަރާފައިވަނީ ރޭ 7:30 ހާއިރު ލ. އަތޮޅު މާމެންދޫ ބޭރު ފަރަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރަށް އެރުމާ ގުޅިގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަނިކޮށް، ރޭ 23:15 ހާއިރު ވަނީ ބޯޓު ދިޔަވާން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ބޯޓް އޮތް ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.