English Edition
Dhivehi Edition
ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެއްބާރުލުންދޭ ގައުމެއްގެ ގޮތުގައި އަބަދުވެސް ދެމި އޮންނާނެކަމަށް އިންޑީއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު، ޑރ. އެސް. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ “ނެއިބަރހުޑް ފަސްޓް” ސިޔާސަތާއި ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ޤައުމެއްގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރުގައި ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.