English Edition
Dhivehi Edition
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ މިންގަނޑުތައް އިފްތިތާހުކުރުން / ފޮޓޯ:އިސްލާމިކް މިނިސްޓަރީ

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތަކެއް އެކުލަވައިލައި އާންމުކޮށްފިއެވެ.

މއސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސްއިން މުޅިން އަލަށް އެކުލަވައިލި އަސާސްތަކެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގުސަދު ހާސިލްވަމުންދާކަމަށެވެ. އަދި މިއަދު އާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައި ވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ޤުރުއާނާއި ސުންނަތް ފަދަ ގިނަ ކަންކަމުން އައިސްފައިވާ އުސޫލުތައް ބަލައިގެންނެވެ.