English Edition
Dhivehi Edition
A small stretch of sand called "Artificial Beach" is on the east side of Male, Maldives.

އާޓިފިޝަލް ބީޗު ކައިރިއަށް މަގުމައްޗަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ، އުމުރުން 53 އަހަރުގެ ސ. ހިތަދޫ، ސޯސަންގެ އަޙުމަދު ޝަރީފެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 8:56 ހާއިރު އާޓިފިޝަލް ބީޗް ކައިރިން މަގުމައްޗަށް ވެށްޓުނު މީހަކު ފުލުހުން އެޓެންޑްވެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް 10:03 ހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވެފައިވެއެވެ.

އޮފިޝަލު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.