ފެނަކަ މަރަދޫ ފޭދޫ ބްރާންޗް މުވައްޒަފުންނަށް ހާއްސަ ކޮށްގެން ބޭއްވި ފެނަކަ ފަސްޓް ބެޑިމިންޓަން ޓޯނަމަންޓް ނިންމާ ލައިފިއެވެ
މިރޭ މަރަދޫ ފޭދޫ ޒުވާނުންގެ މަރުކަޒުގެ ކޯޓްގައި ކުޅެން ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ނިޒާރު އަލީ ނަސީރު އާއި ހުސެއިން ލަތީފް އަބްދުﷲ ރިޒްމީ ބައްދަލު ކުރާފައިނަލް މެޗުގެ އިތުރުން ޝިޔާމް/ޖަޒްލާން އަދި ޔާސިން/އަމީރު ކުޅޭ ތިން ވަނަ ހޯވާ މެޗެއެވެ
އޭއޯ ނިއުސްއަށް މައުޟޫމާތު ދެމުން މިމުބާރާތް ހިންގުމަށް އެންމެ އިސްކޮށް ހަރަކާތެރިވި ފެނަކަ ކޯޕަރޭޝަން މަރަދޫ ފޭދޫ ބްރާންޗްގެ ރެވެނިއު އޮފިސާރ އިބްރާޙިމް ޝިޔާމް ބުނީ މިފަދަ މުބާރާތްތަށް އިންތިޒާމް ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އޮފީގައި އުޅޭ އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މަތީ ފަންތީގެ މީހުން އެއްތަނަކަށް ގެނެސް އެންމެން އެކުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހި ކުރުވުމަށާއި އޮފީސް މުބާރާތުގައި ރަނގަޅު ޓީމެއް އުފެއްދުމުގެ ކަމަށެވެ
“މިމުބާރާތުގައި ވަކި މުވަޒަފަކު ތަފާތުކޮށްފައި ނުހުންނާނެ،މީގެ ހެއްކެ ކަންނޭގެ އަބްދުﷲ މެންފަދަ އެއް އަތް ނެތް ކުޅުން ތެރިން ވެސް އަޅުގަނޑު މެންނާއި އެކު މިފަދަ މުބާރާތަކުގައި ބާއިވެރިވެ ހިނުތުން ވުމާއި އެކު ކޯޓުން ފައިބާގެން ދަނީ”ޝިޔާމް ބުންޏެވެ