English Edition
Dhivehi Edition
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުން ފޮޓޯ: ހެލްތް މިނިސްޓްރީ

އާންމުންގެ ހިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ “މާހަރާ” ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަމާހަރާގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވީ ކުރީގެ ހެލްތު މިނިސްޓަރ ޑރ އައިމިނަތު ޖަމީލް އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ސިއްހީ ހިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމަށެވެ. މިފަދަ ނިޒާމެއް ގާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ޕޯޓަލްއަކީ ތައްޔާރުކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކުގައެވެ.

ޓެގު