English Edition
Dhivehi Edition
ފޭދޫގައި ތަރައްގީކުރާ ބީޗް ސަރަހައްދު ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީގެ ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެރުމަށްޓަކައި ފޭދޫ ދިގިހެރެ ސަރަހައްދުގައި ގާއިމް ކުރާ ޓުއަރިސްޓް ބީޗްގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރާ މި ބީޗްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު، ކައުންސިލުން ބުނީ މި ބީޗް ތައްޔާރު ކުރެވެނީ އައްޑޫގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ބީޗްއެއްގެ ގޮތުގައިކަަމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މި މަސައްކަތުގައި ބައިވެރިވާ އާންމު ރައްޔިތުންނާއި، ޕަބްލިކް ވޯކްސް އަދި އިކުއެޓޯރިއަލް ޑައިވާސް ލޮޖްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ތަރައްގީވަމުން އަންނައިރު ފަތުރުވެރިންނަށް ހާއްސަ ބީޗްތައް ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވަނީ 2022 ވަނަ އަހަރު ތެރޭގައެވެ. އައްޑޫގައި ޓޫރިސްޓުންނަށް ހާއްސަ ތިން ބީޗެއް ހެދުމުގެ މަސައްކަތް އޭރު ކައުންސިލުން ވަނީ ފަށާފައެވެ. އެގޮތުން ފޭދޫގެ ދިގިހެރައިގެ ފުއްޓަރު ފަރާތުގެ އިތުރުން އައްޑޫ ރުއްޖެހެރަ ސަރަހައްދާ މީދޫގައި ބީޗްތައް ތަރައްގީކުރަން ކައުންސިލުން ވަނީ ނިންމާފައެވެ.

މި ބީޗްތަކަކީ ސީދާ ފަތުރުވެރިންނަށް ހާއްސަކޮށް ހަދާތަންތަނެވެ. އެހެން ކަމުން މި ބީޗްތައް އާންމުންނަށް ބޭނުމެއް ނުކުރެވޭނެއެވެ.

ޓެގު