English Edition
Dhivehi Edition

އިސްތަށިގަނޑުގައި ތެޔޮ އުނގުޅުމަކީ އިންޑިއާ ބައްރުގައި ގަދީމީ ރީތިކަމާއި އަމިއްލަ ނަފްސު ބެލެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކަމެކެވެ. އޭގެ ފައިދާތައް ގިނަ ބަޔަކަށް ދަސްވަމުންދާ ވަރަކަށް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މިކަން އަންނަނީ ކުރަމުންނެވެ. އެކަމަކު ހަމައެކަނި އިސްތަށިގަނޑުގައި ތެޔޮ އުނގުޅައިގެން ނުފުދޭނެ އެވެ. އިސްތަށިގަނޑުގައި ތެޔޮ އުނގުޅަންޖެހޭ ވަކި އުސޫލެއް އަދި ފަރުވާކުޑަކޮށް އެކަން ކުރުމުން ނަތީޖާ ނުފެނި ހިނގައިދާނެއެވެ. އަދި އެކަމުން ފެންނަ ފައިދާއަށް ވުރެ ގިނަ މައްސަލަތައް ކުރިމަތިވެދާނެއެވެ. އެހެންކަމުން، މިތަނުގައި އުފެދޭ ސުވާލަކީ އެންމެ ބޮޑު ފައިދާއެއް ލިބި، އޭގެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި އިސްތަށިގަނޑަށް ތެޔޮ އުނގުޅަންވީ ކިހާ ގިނައިން ހެއްޔެވެ؟

އިސްތަށިގަނޑަށް ތެޔޮ އުނގުޅަމަށް އެންމެ ރަނގަޅީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރެވެ. އެހެންނަމަވެސް އިސްތަށިގަނޑުގައި ތެޔޮ އުނގުޅާ މިންވަރު އިސްތަށިގަނޑު ދޮންން ދުވަސްތަކަށް ބަލައިގެންވެސް ހަމަޖެއްސި ދާނެއެވެ. ޝޭމްޕޫ އިން އިސްތަށިގަނޑު ގިނައިން ދޮންނަނަމަ (މިސާލަކަށް ހަފްތާއަކު ހަތަރު ފަހަރު) އިސްތަށިގަނޑުގައި ތެޔޮ އުނގުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އިސްތަށިގަނޑުގައި ތެޔޮ އުނގުޅާ މިންވަރު ކަނޑައަޅާ އަނެއް ކަމަކީ އިސްތަށިގަނޑުގެ ވައްތަރާއި، ޓެކްސްޗާއާއި، ދިގުމިނާއި، ބޯމިނެވެ. ތުނި، ރީތި، ކުރު، އަދި ސީދާ އިސްތަށިގަނޑަށް ވުރެ ބޯ، ގަދަ، ދިގު، އަދި ކަޅު އިސްތަށިގަނޑަށް ގިނައިން ތެޔޮ އުނގުޅަންޖެހެއެވެ. މީގެ އިތުރުން ބޮލުގެ އިސްތަށިގަނޑުގައި ހަމައެކަނި ތެޔޮ އުނގުޅުމުން ނިމުނީ އެއް ނޫނެވެ. އިސްތަށިގަނޑުގައި ތެޔޮ އުނގުޅުމަށްފަހު ރަނގަޅަށް ބޯ މަސާޖުކޮށްލުމަކީވެސް މުހިއްމު ކަމެކެވެ.

ބޮލުގެ އިސްތަށިގަނޑުގައި މަސާޖު ކުރުމުން އިސްތަށިގަނޑު ރީތިވުމުގެ އިތުރުން ބައެއް ފައިދާތައްވެސް ލިބެއެވެ. އެގޮތުން ލޭގެ ޕްރެޝަރާއި ހިތުގެ ދުވެލި އަދި ސްޓްރެސް ހޯރމޯން ދަށްކޮށްދީ، އެކަމުގެ ސަބަބުން ހަމަޖެހުން އިތުރުކޮށްދެއެވެ. ހަމައެކަނި ބޮލުގެ އިސްތަށިގަނޑުގައި މަސާޖު ކުރުމުން އިސްތަށިގަނޑަށް ފަރުވާ ދިނުމަށް ލިބޭ ފައިދާގެ އިތުރުން އެއީ އިސްތަށިގަނޑުގެ ބޯމިން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ.