English Edition
Dhivehi Edition

ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒު މުހްސިން ވިދާޅުވެއްޖެއެވެ.

މުހްތާޒު މުހްސިން މިފަދައިން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ގޮވާލެއްވި ވޮވާލެއްވުމަށް ރައްދުދެއްވަމުންނެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރަށް، މާރިިޔާ މިފަދައިން ގޮވާލެއްވީ ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ކުރީގެ ސަރުކާރުން ދޫކޮށްލުމާ ގުޅިގެން، ކުށް ކުރުން އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވުމުންނެވެ.

އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާންގެ މިވާހަކަތަކަށް ރައްދުދެއްވާ މާރިޔާ އެކްސްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ޖެހޭކަމަށެވެ.

އަދި ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވާ މުހުތާޒު ވިދާޅުވީ، ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށާއި ކުރީގެ ސަރުކާރޭ ކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންކަމަށެވެ.

އަދި އެކަމުގެ ފޮނި ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.