އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަން ކޮށްފިއެވެ.
ރާއްޖޭގެ ޓީޓީގެ ކުޅުންތެރިޔާއަކީ ޝިއުރީ ގެންދަވަނީ މިހާރުވެސް އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންނެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ، އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހުވެސް ވަނީ މަހާމުން އިސްތިއުފާ ދެއްވާފައެވެ.