English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު، ބާހިޒް ޝަފީގް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ބާހިޒް ނިޔާވީ ގޮހޮރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އައްޑޫ ސިޓީ ފޭދޫއަށް އުފަން ބާހިޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރައްވާފައެވެ. މި ގޮތުން ކެމްޕެއިން ދުވަސްވަރު އޭނާ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ މެޖޯރިޓީ ރައީސް އަށް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ބާހިޒުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މައުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.