English Edition
Dhivehi Edition
ފޮޓޯ: ގެމަނަދުށި ސްކޫލް އެފްބީ

މިފަހަރުގެ ދިރާސީ އައު އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

މިފަހަރުގެ ދިރާސީ އައު އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 83000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނައިރު 13000 އަށްވުރެ ގިނަ ދަރިވަރުން ޕްރައިވެޓް ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާނެއެވެ. މިއަހަރު ސަރުކާރު ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 17،000 އަށްވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދުގައި ތައުލީމު ހާސިލްކުރަމުން އަންނައިރު މިއަހަރު މާލެ ސަރަހައްދަށް 2250 ކުދިން ވަނީ ގުރޭޑް1 އަށް ވައްދާފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަތޮޅު ތެރެއިން 1,126 ދަރިވަރުން ބަދަލުވެފައިވާއިރު ތަޢުލީމީ މިއަހަރު 12662 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތްކުރައްވާނެއެވެ. މިއަހަރު ސަރުކާރުގެ 217 ސްކޫލްގެ ތެރެއިން 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ.