English Edition
Dhivehi Edition

ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ވެބް ސިީރީޒް “ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު” ނެޓް ފިލްކްސްއަށް ދޫކޮށްލުމާއެކު މި ސީރީޒް އަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުގެ މީހުން ބެލި ހިންދީ ސީރީޒްގެ ލަގަބާއެކު ހީރާމަންޑީގެ މޮޅު ވަހަކައަށް އަންނަނީ ތައުރީފު އޮހެމުންނެވެ.

ހީރާމަންޑީގެ ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ސީރީސްގެ ބަތަލާއިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންގްހާ، އަދިތީ ރާއޯ ހައިދަރީ، ރިއްޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހްއެވެ. މީގެ އިތުރުން އެކްޓަރު ފަރުދީން ޚާން އަދި ޖެކީ ޝްރޮފް ފެނިގެން ދާއިރު މި ތަރިންގެ އެކްޓިންއަށް 100/100 ދޭވަރުވެއެވެ. މީގެ 14 އަހަރު ކުރިން ހީރާ މަންޑީ ރަސްމީކޮށް އިއުލާން ކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ފިލްމުގައި ދައްކުވައިދެނީ 1940ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާ ޕާކިސްތާނު ވަކިވުމުގެ ކުރިން އިންޑިއާ އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރު ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ‘ނަވާބުންނާ’ އަދި އެ ސަރަހައްދުގައި އުޅުނު ޖާރިޔާއިންގެ ވާހަކައެވެ.

މި ސީރިޒް ފެށިގެން ދާއިރު ފެނިގެން ދަނީ 1920 ގެ އަހަރުތަކުގެ، ފްލެޝްބެކެއްގައި ރެހާނާ، މަލިކާޖާންގެ އަލަށް އުފަން ވި ދަރިފުޅު ވިއްކާލާ މަންޒަރެވެ. މަލިކާޖާނަށް މިކަން އެނގުމުން ރެހާނާއާ ކުރިމަތިލައި ނަވާބު ޒުލްފިކަރުގެ ތާއީދާއެކު އޭނާގެ ދަރިފުޅު ވިއްކާލުމުގެ ބަދަލެއްގެ ގޮތުން ރެހާނާ މަރާލައެވެ. އަދި 1940 ގެ އަހަރުތަކުގައި މަލިކާޖާން ޝާހީ މެހަލްގެ ‘މެޑަމް’ގެ މަގާމު ހޯދައެވެ.