ކޮންމެ ވައުދެއް ވެސް ވެ ލެއްވީ އެ ވައުދެއް ފުއްދަވާނެގޮތް އެނގިވަޑައިގަންނަވާތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސްގެ ޖަވާބު ޕްރޮގްރާމުގައި މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާޢީލް ނިޔާޒް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, ފުރަތަމަ ހަފްތާ 14 ގައި ވެފައިވާ ވައުދުތަކުގެ ބޮޑުބައި ފުދިފައިވާކަމަށް, އަދި ކުރިއަށް ހުރި ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުކަމަށެވެ.
“ދެން މިހުރީ މަޖިލީހުގެ ދައުރު އަދާކުރަންޖެހޭ ވައުދުތައް. އަޅުގަނޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން. ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް ބޭނުންވޭ،” -ރައީސް މުއިއްޒު-
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ވެސް ސަރުކާރަށް ބޭނުން ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި އެއްބާރުލުން ދޭނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
2 އޭޕްރީލް 2024މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާޢީލް ނިޔާޒް، ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވަޢުދުތަކުގެ ތެރެއިން 5 އަހަރުގެ ދައުރުގައި ކިހާ ވަޢުދެއް ފުއްދޭނެތޯ ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/wBJAasS7GU
— Government of Maldives (@governmentmv) April 2, 2024