English Edition
Dhivehi Edition

ހުއްދަ ނެތި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުންގެ ސަސްޕެންޝަން އުވައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ

އިއްޔެ ކައުންސިލުގެ މެމްބަރުން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ތިން މަހުގެ ސަސްޕެންޝަން އުވާލުމަށް އެދިއެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާއިރު، ކައުންސިލަރުންނަށް ވަޒީފާ އަދާކުރެވޭނެ ވަގުތީ އަމުރަކަށްވަނީ އެދިފައެވެ.

ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރީ ޚާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުން މަނާކޮށް ސާކިއުލާއެއް ނެރެފައިވަނިކޮށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުއާއި ބައްދަލުކުރި މައްސަލައިގައެވެ. މި މައްސަލައިގައި ގއ. އަތޮޅު ކައުންސިލަރުން ބުނެފައިވަނީ އެލްޖީއޭގެ ސާކިއުލާ ނެރެފައިވަނީ ބައްދަލުވުން ފެށުނު ފަހުން ކަމަށާއި، ސާކިއުލާ ލިބިފައިވަނީ ބައްދަލުވުން ނިމުނު ފަހުން ކަމަށެވެ. އެހެންކަމުން މިއީ ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅޭނޭ ކަމެއް ނޫންކަމަށެވެ.