English Edition
Dhivehi Edition

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ، އައްޑޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމަކީ އެމަނިކުފާނު އައްޑޫސިޓީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމެކެވެ.

ކައުންސިލް އިދާރާގައި އިއްޔެ ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ކައުންސިލަށް ދިމާވަފައިވާ ގޮންޖެހުންތަކާއި އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން އައްޑޫސިޓީގެ އުމްރާނީ ތަރައްޤީއާއި އިޤްތިސާދު ކުރިއަރުވުމަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ވެވުނެވެ.

އިންޑިއާ ސަފީރުގެ މިޒިޔާރަތުގައި އައްޑޫގެ ބައެއް ވިޔަފާރިވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް ވަނީ ބައްދަލުކުރައްވަވާފައެވެ. އަދި އައްޑޫހައިސްކޫލަށާއި ހުޅުދޫ އަދި މީދޫއަށް ވެސް ވަނީ ޒިޔާރަތް ކޮށްފައެވެ،