English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ކަރިޝްމާ ކަޕޫރް، 11 އަހަރު ފަހުން ކުޅުނު ފުރަތަމަ ފިލްމު “މާޑާ މުބާރަކް” ގެ ޓިޒާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އަންނަ މަހު 15 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުުރާ މި ފިލްމުގެ ޓިޒާ އިއްޔެ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ފިލްމަކީ ގިނަ ތަރިންތަކެއް ހިމަނައިގެން ޝައުގުވެރި އެތައް ކަމެއް ގެނެސްދޭ ފިލްމެކެވެ. ޑައިރެކްޓަރު އަދަޖާނިއާގެ މި ފިލްމުގައި ކަރިޝްމާގެ އިތުރުން ސާރާ އަލީ ހާން، ވިޖޭ ވަރުމާ، ޕަންޖަކް ތުރިޕަޓީ، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރް، ޓިސްކާ ޗޯޕްރާ އަދި ސުހައިލް ނައްޔަރް ހިމެނެއެވެ.

ފިލްމުގެ ޓީޒާ ފެށިގެން ދަނީވެސް ފިލްމު ބަލާ މީހުންގެ ހިތުގައި އުފެދިގެން ދާނެ އެންމެ މުހިއްމު އެއް ސުވާލުންނެވެ. ” ގާތިލަކީ ފެންނަ ފެނުމުގައި ކިހިނެތް ހުންނަ މީހެއް؟” މި ސުވާލާއެކު ދެން ފެނިގެން ދަނީ އެއީ ކޮންމެ ފަދަ ސިފައެއްގައި ހުންނަ، ކޮންމެ ފަދަ މިޒާޖެއްގެ، ކޮންމެ މީހަކަށްވެސް ވެދާނެކަމުގެ ޖަވާބާއެކުގައެވެ.

ގިނަ ދުވަސްތަކަކަށްފަހު ކަރިޝްމާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނައިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ 2012 ވަނަ އަހަރު ނުކުތް “ޑޭންޖަރަސް އިޝްގް”އިންނެވެ.