English Edition
Dhivehi Edition

މިއަންނަ މަހު ފަނަރައިގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިފާ އެވޯޑްސް މިފަހަރު ހުށަހަޅައި ދޭނީ ކަރަން ޖޯހަރް އާއި އެކު ސައިފް އަލީ ޙާންއެވެ. މިއީ ބޯލީވުޑްގެ އެންމެ އިއްޒަަތްތެރި އަދި އެންމެ ބޮޑު އެވޯޑްސް ހަފްލާއެވެ. ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި އެކި އަހަރު ބާއްވާ މި ހަފްލާ މިފަހަރު އޮންނާނީ އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ. މި ފަހަރުގެ ހަފްލާއަށް ގިނަ ބަޔަކު ކެތްމަދު ވެފައި ވާއިރު، ތަފާތު ގިނަ ފަންނާނުންގެ ހުށެހެޅުންތައް ވެސް ހިމެނިގެން ދާނެއެވެ. ކަރަން ޖޯހަރް މިހަފްލާ އާއި ގުޅޭގޮތުން ބުނެފައިވަނީ އެނާ މިފަހަރު ހަފްލާއަށް ކެތްމަދު ވެފައިވާ ކަމަށާއި އަދި މިފަހަރު ނިއުޔޯކް ސިޓީ ‘ޖާދޫގައި’ ޖައްސާލާނެ ކަމުގައެވެ. ސާއިފް މިކަމާ ގުޅިގެން ބުނެފައިވަނީ، ގާތް ރަހުމައްތެރިއެއް ކަމަށްވާ ކަރަން ޖޯހަރ އާއި އެކީ މި ހަފްލާ ހުށަހެޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާ ވެފައިވާ ކަމަށާއި އަދި ފޭނުންނަށް ގިނަ ‘ސަޕްރައިޒް’ ތަކެއް ހުރި ކަމަށެވެ. ވަރުން ދަވަން އައިފާގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މީޑިއާ ރިޕޯޓް ތައް ބުނާ ގޮތުން މިހަފްލާގައި އޭނާގެ ވަރަށް ހާއްސަ ބައެއް ފެނިގެން ދާނެއެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ސަލްމާން ޙާން، ކެޓްރީނާ ކެއިފް، އާލިއާ ބަޓް އަދ ޝާހިދް ކަޕޫރު ފަދަ ތަރިން ވެސް މިހަފްލާގައި ވިދާލާނެ ކަމަށް ބެލެވެއެވެ. މިއީ އަށާވަނަ އައިފާ އެވޯޑްސް އެވެ. މިހަފްލާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ނިއުޔޯކް ސިޓީގެ ‘މެޓް ލައިފް’ ސްޓޭޑިއަމްގައެވެ.