ކޮންޔާ 16 ވަނަ ” އަ ތައުސަންޑް ބްރީތްސް، ވަން ވޮއިސް” އިންޓަރނޭޝަނަލް ތިއޭޓަރ ފެސްޓިވަލް 2024 ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނީ އަންނަ އަހަރު ތުރުކިއޭގެ އެކި ސްޓޭޓްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓާރކިޝް ސްޓޭޓް ތިއޭޓަރސް ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ “ކޮންޔާ 16 ވަނަ ” އަ ތައުސަންޑް ބްރީތްސް، ވަން ވޮއިސް” އިންޓަރނޭޝަނަލް ތިއޭޓަރ ފެސްޓިވަލް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވުމަށް ފައިނަލް އެކްސެޕްޓެންސް އަދި އިންވިޓޭޝަން ލެޓަރ ފޮނުވުމަށް ހަމަޖެހިފައިވަނީ އިންތިޒާމްކުރައްވާ ފަރާތުން އެކުލަވާލާ ކޮމިޓީއަކުން އިވެލުއޭޓްކުރުމަށް ފަހުގައިކަަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ ބުނެފައެވެ. އަދި މި މިފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ލޯކަލް ހޮސްޕިޓަލިޓީ ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށާ އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަވަން ޖެހޭނީ ބައިވެރިވާ ފަރާތުންކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ ބުނެފައެވެ.
މިފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް މެއިލް ކޮށް ކޮޕީ ކުރުމަށް ވަނި އެދިފައެވެ.