English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށާއި އަދި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ހުރަވީ ދުވަސް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށާއި، އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް ކަމަށެވެ. އަދި ދޮންބަންޑާރައިން ފަދައިން ގައުމީ ހިދުމަތަށްޓަކައި އިސްވެ ހަރަކާތްތެރިވާ، ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމުގައި ވުމަށް ރައީސް ވިދާޅުވިއެވެ.

ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުއްވާލަައްވާފައެވެ. މިގޮތުން މި ހާދިސާއިން ފެންނަ އަލިފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިހްލާސްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށާއި، ތާރީހުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ޚިހިޔާނާތެރިވި ޝަމްސުއްދީނާއި މުހްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމުގައެވެ.

މީގެ އިތުރުން ރައީސް ވަނީ ދޮންބަންޑާރައިންގެ ތެދުވެރިކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ޤައުމު ދެކެ ވެވަޑައިގެންނެވި ލޯބީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.