English Edition
Dhivehi Edition
މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު

މާލޭ އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާދަމާގެ ހުކުރު ޚުތުބާގެ މައުޟޫއަކީ “އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަމެވެ.”

ފިރުޒުލް އަކީ އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވި ބޭފުޅާއެވެ.

ފިރުޒުލްއަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެެވެ. އޭނާ އަކީ ހާފިޛެއް ވެސް މެއެވެ.

އުމުރުން 29 އަހަރުގެ ފިރުޒުލް އަކީ ދ. ކުޑަހުވަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.