English Edition
Dhivehi Edition

ކޮންމެ ދިވެހި ދަރިއެއް މި ޤައުމަށް މުހިންމުކަމަށާއި، އެކަކު އަނެކަމަށް އޯގާތެރިވެ އަޅައިލުމުގައި ނަމޫނާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަނޑައަޅައިފައިވެއެވެ.

މިގޮތުން މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި، އެ ފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އެކުލަވައިލައި، ތަންފީޒު ކުރަން ފަށަން ހިމަނައިފައިވެއެވެ. އަދި މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަން ގާތުން ބަލައި އެހީތެރިވުމަށް ވެސް ވަނީ ހިމަނުއްވައިފައެވެ.