English Edition
Dhivehi Edition

އެމްއެންޑީއެފްއާއި އުލިގަމު ކައުންސިލް ގުޅިގެން އުލިގަމުގައި ބޭއްވި ނިޔަމިކަމުގެ ކޯހުން ފާސްވި މީހުންނަށް ސަނަދު ހަވާލުކޮށްފިއެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ މިކޯހަކީ ލެވެލް 2 ގެ ކޯހެކެވެ. އެ ކޯހުގައި ޖުމްލަ 42 މީހުން ބައިވެރިވިއެވެ. އޭގެ ތެރެއިން 40 މީހުންވަނީ ސަނަދު ހާސިލް ކޮށްފައެވެ.

މި ކޯހަކީ ކަނޑުފަޅުތަކާ ބެހޭގޮތުން ހަދައިފައިވާ ގަވާއިދުތަކަށް މީހުން ހޭލުންތެރި ކުރުމަށް ބޭއްވި ކޯހެކެވެ. ކީހުގައި އެރަށުގެ މަސްވެރިންނާއި، އޮޑިވެރިން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާ ގާބިލް ބޭފުޅުންނެވެ.