English Edition
Dhivehi Edition
ހުޅުމާލެ

މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 12:09 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ އުޅަދުތައް ދުއްވާފައިވަނީ “އީ” ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

 

ޓެގު