English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމަށް ހޮޅިވަޅުލުމަށްޓަކައި ތާރުމަގުން (ލިންކުރޯޑު) ކަނޑަންޖެހޭބައި ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނާޒިލް ވިދާޅުވެއްޖެއެވެ. މަރަދޫ ބަނދަރަށް ފެންދޫކުރުމަށް މީގެ ކުރިން ދިމާވެފައިވާ މައްސަލައަކީ ފެންހޮޅި ވަޅުލަން ތާރުގަނޑު ކެނޑޭގޮތް ނުވުމެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީގެ ހުއްދައާއެކު އެމްއާރުޑީސީން މިއަދު ވަނީ މަސައްކަތް ފަށާފައެވެ. މިއީ އައްޑޫސީޓީ ހިތަދުއާއި މަރަދޫ ބަނދަރަށް ލަފާފުރާ މަސްވެރިންނަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ހިންގަވާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ދަށުން ހިތަދޫ މައިބަނދަރަށްވަނީ 8 އިސްކުރު ލައިފައެވެ. އެހެންނަމަވެސް ޕަމްޕްސްޓޭޝަނަށް ކަރަންޓް ނުލިބިގެން އޭގެ ޚިދުމަތް އަދި ނުދެވެއެވެ.