English Edition
Dhivehi Edition

ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަން (އެސްއޭއޭއެފް) ގެ ކައުންސިލް ބައްދަލުވުން މާދަމާ ފަށާނެއެވެ.

މި ބައްދަލުވުން އޮންނާނީ އައްޑޫ ސިޓީ ގަމުގައި ހިންގާ އީކުއޭޓަރވިލެޖުގައި ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ މި ބައްދަލުވުމުގައި ނޭޕާލް ފިޔަވައި ދެކުނު އޭޝިއާގެ ހަތް ގައުމެއް ބައިވެރިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ތަފާތު ކަންކަމަށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަންނަ އަހަރު މި ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުވެސް މާދަމާގެ ބައްދަލުވުމުން ނިންމާނެ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ. ދެކުނު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވައިދަށް ބަދަލު ގެނެސް އެފާސްކުރުންވެސް މާދަމާ އޮންނާނެއެވެ.

ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ މިދައުރުގެ ނާއިބުރައީސަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ތަލާލެވެ.