English Edition
Dhivehi Edition

އިޒްރޭލުގެ ވެރިކަންކުރާ ރަށް ކަމަށްވާ ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރައްވަން ނިންމެވުމުން އެކަން ބަކައި ނުހަނެވޭނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޓްރަމްޕުގެ ނިންމެވުމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ އިތުރަށް މުޅި އިސްލާމީ އުންމަތުގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ އަމަލްތައް ބަލައިނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދިވެހި ސަރުކާރުން ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ފަލަސްތީނުގެ މައްސަލައިގައި އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމެވެ.